HOME    

އެފްއޭއެމްގެ އެންމެއިސް ތިންވެރިން މެލޭޝިޔާއަށް

18 ނޮވެމްބަރ 2008

އިސްމާއީލް ހައިބަތު

(އެފްއޭއެމްގެ ރައީސް އަލީ އާޒިމް(މ) އާއި ނައިބް ރައީސް މުޙައްމަދު ރަޝީދު (ހިޔަލީ)(ވ) އަދި ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް(ކ))

       އެފްއޭއެމްގެ އެންމެ އިސްތިންބޭފުޅުން ރޭގެވަގުތެއްގައި މެލޭޝިޔާއަށް ވަޑައިގެންފިއެވެ. ރޭ މެލޭޝިޔާއަށް ވަޑައިގަތް ތިންވެރިންނަކީ އެފްއޭއެމްގެ ރައީސް އަލީ އާޒިމް އާއި ނައިބް ރައީސް މުޙައްމަދު ރަޝީދު (ހިޔަލީ) އާއި ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް (ސާޔާ) އެވެ. މިތިންބޭފުޅުން މެލޭޝިޔާއަށް މިވަޑައިގަތީ އޭއެފްސީގެ ރައީސް މުޙައްމަދު ބިން ޙައްމާމުގެ ދައުވަތަކަށެވެ. އެއީ ވިޝަން އޭޝިޔާގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

     މެލޭޝިޔާއިން އެބޭފުޅުން ދެން ަވޑައިގަތުމަށް ހަމަޖެހިފައިވަނީ ޗައިނާއަށެވެ. އެއީ ޗައިނާގައި އޮންނަ އޭއެފްސީ އެވޯޑިންގ ހަފްލާއެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ. ނަމަވެސް ޗައިނާއަށް ވަޑައިގަންނަވާނީ ރައީސް އަލީ އާޒިމް އާއި ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލްއެވެ. ނައިބް ރައީސް މުޙައްމަދު ރަޝީދު (ހިޔަލީ) ޗައިނާއަށް ވަޑައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.