HOME    

ރާއްޖެ ގެންނަ ރެފްރީޒް ޑައިރެކްޓަރ ހަމަޖައްސައިފި

18 ނޮވެމްބަރ 2008

ލާލް

       ރާއްޖޭގެ ރެފްރީންނަށް އިރުޝާދު ދިނުމަށްޓަކައި ގެންނަން އެފްއޭއެމުން މަސައްކަތް ކުރެއްވި ރެފްރީޒް ޑައިރެކްޓަރ މިހާރު ހަމަޖެހިފައިވާ ކަމުގައި އެފްއޭއެމުން ބުނެފިއެވެ. އިއްޔެ ހަވީރު އެފްއޭއެމްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އަލީ އާޒިމް ވިދާޅުވީ ރެފްރީޒް ޑައިރެކްޓަރު މިހާރު ފައިނަލް ކުރައްވާފައި ވާކަމަށާއި ވަރަށް އަވަހަށް އޭނާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. ރެފްރީޒް ޑައިރެކްޓަރެއްގެ ގޮތުގައި ރާއްޖެ ވަޑައިގަންނަވާނީ މެލޭޝިޔާގެ ތަޖްރިބާކާރެކެވެ.

     މީގެކުރިން ރާއްޖެއަށް ގެނެސްފައިވަނީ ފުޓްބޯޅައިގެ ޓެކްނިކަލް ޑައިރެކްޓަރުންނެވެ. ރެފްރީޒް ޑައިރެކްޓަރއެއް މީގެކުރިން ރާއްޖެ ގެނެސްފައި ނުވެއެވެ. މިހާތަނަށް ރާއްޖެ ވަޑައިގަތް ޓެކްނިކަލް ޑައިރެކްޓަރުންނަކީ ގައުމީ ސީނިއަރ ޓީމުގެ ކޯޗުކަންވެސް ކުރި ރުމޭނިޔާގެ ވިކްޓަރ އާއި މެލޭޝިޔާގެ ލިމްއެވެ. އެންމެފަހުން ޓެކްނިކަލް ޑައިރެކްޓަރއަކަށް މަސައްކަތް ކޮށްފައިވަނީ ލިމްއެވެ.